ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީގައި އަލިފާން ރޯވެ ފެތުރިގެންދިއުމުގެ ކުރިން މިނިސްޓްރީގެ ތެރެއިން ސާވާ ނެރެދިނުމަށް އެދުނު ކަމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުޝާމް ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހުޝާމް ވިދާޅުވީ އޮފީހަށް ދާން ތައްޔާރުވާން އުޅެނިކޮށް، މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ގުޅުއްވައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ ހަބަރު ދެއްވި ކަމަށެވެ. އެއާ އެކު، މިނިސްޓަރު ބިއުރޯގެ ބޭފުޅަކަށް ގުޅައި މައުލުމާތު ސާފު ކުރުމުން، އެނގުނީ އަލިފާން ރޯވީ ފުރަތަމަ ފަންގިފިލާގެ ބައެއްގައި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓްރީއަށް ދެވުނީ ހަތް ގަޑި ކޮންމެ ވެސް ވަގުތެއްގައި ކަމަށާއި އޭރު އެހާ ބޮޑަށް އަލިފާން ނުހިފާ ކަމަށެވެ.
"އަޅުގަނޑު އައި ގޮތަށް އައިސް އަޅުގަނޑުމެންގެ އިސް ބޭފުޅުންނަށް ވެސް ގުޅުއްވާފައި މަޝްވަރާ މި ކުރީ ކިހިނެތްތޯ ކުރިއަށް ގެންދާނީ. ދެން ސިފައިންނަށް ވެސް ދެންނެވިން ސާވާ ނެރެދެން. ދެން އެ ވަގުތުގައި ސާވާ ނެރެވޭ ކަހަލަ ގޮތަކަށް ނޫން ކަންނޭނގޭ އެ މީހުންނަށް އަމަލު ކުރެވިފައި އޮތީ،" މިނިސްޓަރު ހުޝާމް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީގެ ސާވާއަކީ އޮފީހުގެ އިދާރީ ކަންކަމާ ގުޅޭ ލިޔުންތައް ރައްކާކުރާ ޑިޖިޓަލްކޮށް ރައްކާކުރުމަށް ބޭނުންކުރާ އެއްޗެކެވެ.
ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ޕޯޓަލް ހަދާފައި ވަނީ އެމެރިކާގައި ހުންނަ މައިކްރޯސޮފްޓް، އެޒުވާ، ކްލައުޑްގައެވެ. ގެދޮރުވެރިޔާ ސްކީމަކީ އޮންލައިން ޕްލެޓްފޯމަކަށްވެފައި، އަލިފާނުގެ ހާދިސާއާ ގުޅިގެން، ފްލެޓާ ގުޅޭ ކަންކަމަށް އެކަމުގެ ސަބަބުން އަސަރު ނުކުރާނެ ކަމަށް ބެލެވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ