ހައުސިން މިނިސްޓްރީގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން، ގެދޮރުވެރިޔާ ސްކީމު މައުލޫމާތާއި ލިޔުންތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މައުލޫމާތާއި ލިޔުންތަކަކީ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މައުލޫތުތަކެއް ކަމަށެވެ. އެހެންކަމުން އެ ހާދިސާގެ ސަބަބުން އެ މައުލޫމާތަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
"މި ހާދިސާއާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރަމުންދާ ވާހަކަ ދެންނެވީމެވެ،" މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ހިންގާ މިނިސްޓްރީގައި އަލިފާން ރޯވީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު ކަމަށް ސިފައިން ބުންޏެވެ.
އަލިފާން ކޮންޓްރޯން ނުކުރެވި މުޅި އިމާރާތަކަށް އަލިފާން ފެތުރި ތިން ގަޑިއިރު ތެރޭގައި މުޅި އިމާރާތް ވަނީ ބިމާހަމަވެފައެވެ. އެ ދެ މިނިސްޓްރީގައި ރޯވި އަލިފާން އެންވަޔަރަމަންޓް މިނިސްޓްރީއަށް ވެސް ފެތުރި، އެ މިނިސްޓްރީގެ ބޮޑު ބައެއް ވަނީ އަނދާފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ