ރޭ ޓެކްސީ ޑްރައިވަރުން ކުރިޔަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ތިން ޑްރައިވަރުންގެ ވަނަވަރު ފުލުހުން އާއްމު ކޮށްފިއެވެ.
ރޭގެ އިހުތިޖާޖުން ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނެނީ މއ. ވިރާހް / މުހައްމަދު ޝާމުން، އުމުރުން 39 އަހަރާއި ސަންރޭ، ލ. ދަނބިދޫ / އަހްމަދު ޝަބީން، އުމުރުން 33 އަހަރުގެ އިތުރުން ހޮލިޑޭވިލެޖް، ހދ. ކުމުންދޫ / ނުއުމާން އަހްމަދު، އުމުރުން 36 އަހަރެވެ.
ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅުމުން ކަމަށެވެ.
އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔުމުން ޝާމިން އާއި ޝަބީންގެ ބަންދަށް ފަސް ދުވަސް ދިނެވެ. ނަމަވެސް ނުއުމާން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފައެވެ.
ރޭގެ އިހުތިޖާޖުގައި ފުލުހުން ވަނީ 22 ޓެކްސީއެއް ޓޯކޮށްފައެވެ. އެއީ ހުޅުމާލެއިން ހައިވޭއަށް އަރާ މަގު ބަންދުވާ ގޮތަށް ބޭއްވި ޓެކްސީތަކެއް ކަމަށްވެސް ފުލުހުން ބުންޏެވެ.
ޓެކްސީ ޑްރައިވަރުންގެ ޑިމާންޑަކީ އެ ބޭފުޅުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑުއެހުމެވެ. އަދި އެ ބޭފުޅުންނާ ބައްދަލުކޮށް، ޓެކްސީ ޑްރައިވަރުންގެ މަސައްކަތަށް ދަތިނުވާނެ ގޮތަށް ސިޔާސަތުތައް އެކަށައެޅުމެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ