އަންނަ ރޯދަމަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ރަމަޟާން މަހުގެ އެލަވަންސް ލިބެން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވައިފިއެވެ.
އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު މަޖިލިސް ހުޅުވުމާއެކު އަންހެނުންގެ ކޮމެޓީތަކަށް ރޯދަ އެލަވަންސް ލިބޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ރޯދަމަހުން ފެށިގެން ރޯދަ އިނާޔަތް ލިބިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މި އަންނަ ރަމަޟާން މަހުން ފެށިގެން، ކޮންމެ ރަމަޟާން މަހަކު ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު ދެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނަށް ލިބޭ އެލަވަންސް ވެސް މުސާރައެއްގެ ގޮތަށް ބަދަލުކޮށް ވިހެއުމުން ލިބޭ ޗުއްޓީ ވެސް ލިބޭނެ ގޮތް ހައްދަވާނެ ކަމަށެވެ.
އަދި އެ މުސާރައަކީ، ބޭންކުތަކުން ވެސް ބަލައިގަންނަވަރުގެ މުސާރައަކަށް ހަދައި ލޯނު ލިބޭނެ އިންތިޒާމުތައް ވެސް ހައްދަވައި ދެއްވާނެ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ