މާލޭގައި އެކި ސަރަހައްދުތަކުގައި ރޭ ތިން މާރާމާރީއެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ ސައިކަލެއްގައި އައި ހެލްމެޓް އަޅައިގެން ތިބި ބަޔަކު، މުނިޔާމަގު ދިރިޕަބްލިކް ކެފޭ ތެރެއަށް ވަދެ މާރާމީރީ ހިންގި މައްސަލަ ޑިސެންބަރު 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި ހަ މީހަކު ސައިކަލްގައި އައިސް, ޝަހީދުކުޑަނެވި ތުއްތުމަނިކު ހިނގުން، ކިންޒާ ކެފޭ ކުރިމަތީ ތޫނުހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގާފައިވާ މައްސަލަ އެއް ވެސް ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މީގެއިތުރުން ފިލިގަސްމަގު ނޫރު މިސްކިތް ކައިރީގައި ބަޔަކު މީހުން މާރާމާރީ ހިންގި މައްސަލަ ޑިސެމްބަރ 14 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި އެ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ލެޓްސްގޯ ކެފޭއަށް ވެސް ބަޔަކު ވަދެ ގެއްލުންދިނެވެ. އެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އިންތިހާބުގެ ނަތީޖާއަށް އިހުތިރާމް ކުރަން: ރައީސް
މޭޔަރުންގެ ގޮނޑިތައް މިހާރުވެސް ތިއްބެވި އެމްޑީޕީގެ މޭޔަރުންނަށް
އެމްޑީޕީން ބޮޑު ތަފާތަކުން ސަރުކާރު ބަލިކޮށްފި: ނަޝީދު
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި