ކުރީގެ ނައިބު ރައީސް ޖިހާދުގެ މައްޗަށް ކުރާ ދައުވާގެ މައްސަލަ ހައި ކޯޓުން ނުބެލުމުން އެންމެ ފަހުން އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓަށްމިއަދު ހުށަހެޅީ އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ހައި ކޯޓުން ނުބެލުމުންނެވެ.
ނަމަވެސް އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ.
އެ މައްސަލަ ހައި ކޯޓުން ފުރަތަމަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާ ކަމަށް ބުނެ އެވެ. ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ހުށަހެޅުމުން އެ ކޯޓުން ނިންމީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެންމެ ވައްތަރީ ޖިހާދުއާ މި ސަރުކާރާގުޅިގެން ކުޅޭޑުރާމާއަކާ، އެންމެފަހުން ތިދައުވާ ނިމޭނީ ރޔާމީންގެ އިސްތަށިފުޅަށް ކަނޑާލައިގެން.
ދައުވާމައްސަލަޔަކީ،ޝަރުއީދާއިރާ،އިންސާފުވެރި ނުވާތީ،ރައީސަކު،ވައްކަމެއްކުރިޔަސް،މަޖިލީހުގެ،މެންބަރަކު،ވައްކަމެއް،ކުރިޔަސް،ގޯނިބޭކުޑައަލީ،ވައްކަމެއް ކުރިޔަސް،ވާނީހަމަ،ވައްކަމަ ކަށެވެ،ވީމާ،މާތްވެގެންވާ،އިސްލާމް،ދީނުގައި،ބުނާގޮތަށް،އަތްކަޑަށް،ޖެހުނަސް،ޖެހޭނީ ކަނޑާށެވެ!ދެރަމީހެއް،ޢިއްޒައްތެރިއަކަށް،ބަލާކަށް ނުޖެހޭނެއެވެ!
އަލިބޭބެ،ޙާދަވަރެކޭ
މިއަދު