އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ދައުވާލިބޭ ހަލީމަތު ލަމްހާ ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ ނުބަލަން ހައި ކޯޓުގެ ރަޖިސްޓްރާ ނިންމި ނިންމުމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ތާއީދުކޮށްފި އެވެ.
އޮކްޓޫބަރު، 2021 ގައި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިން އެސްވައިގެ މައްޗަށް ދައުލަތުން ދައުވާ ކުރާއިރު، ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
އޭގެ ތެރެއިން ލަމްހާ މިދިޔަ މަހު ކްރިމިނަލް ކޯޓުން ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހައި ކޯޓަށް ހުށަހެޅުމުން އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ މިދިޔަ މަހު އެވެ.
އެ ނިންމުން ރިވިއުކުރަން ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު މުހައްމަދު ފައިސަލްގެ ރައުޔަކީ މައްސަލަ ބަލައިނުގަތުމުގައި ގޯހެއް ނެތް ކަމަށެވެ. ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ރަޖިސްޓްރާގެ ނިންމުން ރަނގަޅު ނޫން ކަމަށެވެ.
ފަނޑިޔާރު ނިޔާޒްގެ ރައުޔުގައިވަނީޝަރީއަތް ލަސްވުމުން އެކަމަށް ހައްލެއް ހޯދުމުގެ ބަދަލުގައި މީހުން ބަންދުން ދޫކުރުމަކީ ކުރެވޭނެ ކަމެއްތޯ ހައި ކޯޓުން ބަލަން ޖެހޭ ކަމަށެވެ.
މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން ލަމްހާ ބަންދުން ދޫކުރި އެވެ. ނަމަވެސް އޭރު ހައި ކޯޓުން ވަނީ ލަމްހާ އަލުން ބަންދުކުރަން އަމުރުކޮށްފަ އެވެ. އެ މައްސަލާގައި ދައުވާލިބޭ މާވިން އަދިވެސް ހުރީ ބަންދުގަ އެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި
އަންދާ ގާނޫނު މިތާ ހިންގާނީ
ޔުމްނާ