ފުރަތަމަ ރަސްމީ ދަތުރުފުޅުގައި މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަ، އިންޑިއާގެ އިސް ބައެއް ވަޒީރުންނާއި އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ރައީސް ޑިސަނަޔަކަ އިއްޔެ ބައްދަލުކުރެއްވީ އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސިތާރަމަން އާއި ޚާރިޖީ ވަޒީރު ޑރ ސުބްރަމާނިއަމް ޖައިޝަންކަރް އާއެވެ. މީގެ އިތުރުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖިތު ދޯވާލްއާއެކުވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.
ޑިސަނަޔަކަގެ އަރިހުގައި ލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރަތަ އަދި ލޭބަރ މިނިސްޓަރ ޕްރޮފެސަރ އަނިލް ޖަޔަންތަ ފެނާންޑޯ އިންޑިއާއަށް ވަޑައިގަތެވެ. މިއީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ޑިސަނަޔަކަ ލަންކާއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި