މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް އިދިކޮޅު އެމްޑީޕީން އެދިއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާދިޔަ ދުވަހަކީ މިއަހަރުގެ ރައްޔިތުން މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮތް ދުވަހެވެ. އެހެންކަމުން އަލިފާނުގެ ހާދިސާއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި ދައުރުން ބޭރުން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިލައްވާނެ ކަމަށް އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް މިއަދު ވިދާޅުވިއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ބުނީ، ކުއްލި ޖަލްސާއެއްގެ އިތުރުން، އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާނެ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު ނާޒިލް ވިދާޅުވީ އަލިފާނު ހާދިސާގައި އެމްއެންޑީއެފްގެ ވަރަށް ބޮޑު އިހުމާލެއް އެބައޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ރޯވި އަލިފާނުގެ އަސަރު ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގ އަށް ވެސް ކުރިއެވެ. މިހާރު މި ތިން ވުޒާރާގެ މަސައްކަތްތައް ކުރަމުން އަންނަނީ ދަރުބާރުގޭގައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި