މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް 4.1 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި ދައްކަން ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލް ކޯޓުން އަނެއްކާވެސް ހުކުމްކޮށްފި އެވެ.
އެމްއައިބީ އިން އާޒިމާ ނެންގެވި ލޯނަކަށް ފައިސާ ނުދައްކާ ކަމަށް ބުނެ 4.1 މިލިއަން ރުފިޔާ އެ ބޭންކަށް ދައްކަން ސިވިލް ކޯޓުން މި އަހަރުގެ ކުރީކޮޅު ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.
އެ ހުކުމް މުރާޖައާ ކުރަން އާޒިމާގެ ފަރާތުން ސިވިލް ކޯޓަށް އޮތީ ހުށަހެޅުމުން ކުރީގެ ހުކުމް ކޯޓުން ބާތިލްކުރި ނަމަވެސް ލޯނުގެ އެއްބަސްވުމާ އެއްގޮތަށް އާޒިމާ ފައިސާ ދައްކާފައި ނުވާ ކަން ސާބިތުވާ ކަމަށް ސިވިލް ކޯޓުން އިއްޔެ ކަނޑައެޅި އެވެ.
އިއްޔެގެ ނިޔަލަށް ފެސިލިޓީ އަށް ދައްކަން ޖެހި އެކަމަކު މިހާތަނަށް ނުދައްކާ ފައިސާގެ އަދަދު 4،282،514ރ. އަށް އަރަ އެވެ. ޗެރިޓީއަށް އަރާފައިވާ 266،512ރ. އަކީ އާޒިމާ ދައްކަން ޖެހޭ ފައިސާ ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފަ އެވެ.
އެހެންވެ, ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ ފައިސާ ދައްކައި ނިންމަން އެ ހުކުމުގައި އަންގާފައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ