މިމަހުގެ ހަވަނަ ދުވަހުގެ ރޭ މާލޭގެ ހެންވޭރު ކޮޅު، އާޓްފިޝަލް ބީޗުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީ ހިންގުމުގައި އިސްކޮށް ހުރި ބިދޭސީ މީހާ ޑީޕޯޓު ކޮށްލުމަށް ނިންމައިފިއެވެ.
ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަނީ އާރޓިފިޝަލް ބީޗު ސަރަހައްދުގައި މާރާމާރީ ހިންގާ އާއްމު މަސްލަހަތު ނަގާލުމުގައި ބައިވެރިވެފައިވާ ބިދޭސީންގެ މައްސަލަ ޓާސްކް ފޯހުން ބަލަމުން އަންނަ ކަމަށް މީގެކުރިން ވިދާޅުވެފައެވެ.
އަދި އެކަމުގައި ޝާމިލުވެފައިވާ ބިދޭސީންނަށް ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ މިމަހުގެ ހަވަނަ ދުވަހު އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އަދި އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. ޑީޕޯޓު ކޮށްލަނީ އަމްރިތު ސިންގު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ ބިދޭސީއެކެވެ. އޭނާ އަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އިމިގްރޭޝަނުން ހާމަ ކޮށްފައެއް ނުވެއެވެ.
އެ މައްސަލަ އަކީ ފުލުހުން ވެސް ތަހުގީގު ކުރަމުން އަންނަ މައްސަލައެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ