މިދިޔަ ބުރާސްފަތި ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުގެ ބޭފުޅުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ހާޒިރު ކުރުމަށް ނިންމައިފިއެވެ.
އެ ކޮމެޓީ ބާއްވަނީ ކޮމެޓީގެ މުގައްރިރު އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ އެދިވަޑައިގަތުމަކަށެވެ. ކޮމެޓީ ބާއްވަނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
އެ ދުވަހުގެ ހެނދުނު 10:00ގައި ބާއްވާ ކޮމެޓީ އަށް ސިފައިންނާއި ފުލުހުންގެ އިސްވެރިން ކޮމެޓީ އަށް ހާޒިރު ކުރުމަށް ވަނީ ނިންމައިފައެވެ. މިކަމާއި ގުޅިގެން ކޮމެޓީ ބައްދަލުވުމެއް ބާއްވަން ނިންމިއިރު އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވައި ދިނުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ވެސް ވަނީ ބުނެފައެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ބުނީ، ކުއްލި ޖަލްސާއެއްގެ އިތުރުން، އަލިފާނުގެ ހާދިސާއާ ގުޅޭ ފުރިހަމަ ތަހުގީގެއް ހިންގުމަށް މަޖިލީހުގެ 241 ކޮމެޓީއަށް ހުށަހަޅާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ އަލިފާނު ހާދިސާގައި އެމްއެންޑީއެފްގެ ވަރަށް ބޮޑު އިހުމާލެއް އެބައޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީ އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގައި ރޯވި އަލިފާނުގެ އަސަރު ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުން އަންނަ ގްރީން ބިލްޑިންގ އަށް ވެސް ކުރިއެވެ. މިހާރު މި ތިން ވުޒާރާގެ މަސައްކަތްތައް ކުރަމުން އަންނަނީ ދަރުބާރުގޭގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ