އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތައް ކުރަމުންދާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ޝާހިދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަހަރު ނިމިގެން ދާއިރު، ސަރުކާރުގެ މާލީ ހިސާބުތަކުން ދިވެހިންގެ ހިތްތަކަށް ލިބޭ ފިނި ކަމެއް ނެތް ކަަމަށެވެ. ދިވެހިން "ކޮއްޕަމުން" ގެންދަނީ ނުތަނަވަސްކަމާއި ކަންބޮޑުވުމެއްގެ ތެރެއަށް ކަމަށާއި އަޅުވެތިކަމުގެ ބަނދެލުމަކުން ބަނދެލުމަށް މި ސަރުކާރުން މިސްރާބު ހިފާފައިވާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
މިދިޔަ އަހަރާ ބަލާއިރު ދައުލަތަށް ލިބުނު އާމްދަނީ 78 މިލިޔަން އިތުރުވެފައި ވީނަމަވެސް ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ސަރުކާރުން އާސަންދައަށް ކުރި ޚަރަދުން 101 މިލިއަން ރުފިޔާ މަދުކޮށްފައިވާ ކަމަށެވެ.
"އިވެމުން ދަނީ ނިކަމެތި ރައްޔިތު މީހާ، އާސަންދައަށް އެދި ރޮއެ ކުރާ އާދޭހުގެ ހިތްދަތި އަޑު. ނަމަވެސް ސިޔާސީ މުސާރަ އާއި ގުޅުންހުރި ޚަރަދުތަކަށް 1.4 ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި،" ޝާހިދު ވިދާޅުވެފައިވެއެވެ.
"އާންމު ރައްޔިތުންގެ ވޭނުގެ އަޑު އެހުމާއި ނުލައި ކުރިއަށްދަނީ ސަރުކާރުގެ އިސްވެރިންގެ ޒާތީ މަންފާއަށް ކުރާ ބޭކާރު ހޭދަތަކާއި އެމަގަށް ކުރާ މަސައްކަތްތައް."
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި