ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ހެދި ރަޝިޔާއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަންއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް އެގައުމަށް ތަކެތި ފޯރުކޮށްދޭ ފަރާތްތަކާ ދެކޮޅަށް އީޔޫ އިން އަނެއްކާވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.
މިފަހަރު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އެޅި ފަރާތްތަކުގެ ތެރޭގައި، ރަޝިޔާއަށް ތެލާއި ޓެކްނޮލޮޖީ ފޯރުކޮށްދިނުމަށް މެދުވެރިއެއްގެ ރޯލު އަދާކުރާ ކަމަށް ތުހުމަތުކުރެވޭ ޗައިނާގެ ފަރާތްތައް ހިމެނެއެވެ. ރަޝިޔާއިން އިއްޔެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅިކަން އަންގައި އިއުލާންކުރި ލިސްޓުގައި 52 ކަނޑު އުޅަނދެއް އޮތެވެ. މިއީ ޔޫރަޕިއަން ޔޫނިއަންއަށް ވަގަށް ރަޝިޔާއަށް ތެލާއި، ކާބޯތަކެތީގެ އިތުރުން ހަތިޔާރު އުފުލައިދޭ ކަމަށް ތުހުމަތުކުރެވޭ އުޅަނދުތަކެވެ. މީގެ ތެރޭގައި އުތުރު ކޮރެއާއިން ރަޝިޔާއަށް ހަތިޔާރު އުފުލައިދޭކަމަށް ތުހުމަތުކުރެވޭ އުޅަނދުތައްވެސް ހިމެނެއެވެ. އަދި 33 އުޅަނދެއް ލިސްޓުގައި ހިމަނާފައިވަނީ ރަޝިޔާގެ ސާފުނުކުރާ ތެލާއި ތެލުގެ ބާވަތްތައް އެގައުމުން އެކްސްޕޯޓްކޮށްދޭކަމުގެ ތުހުމަތުގައެވެ. އީޔޫގެ ރަޝިޔާ ސެންކްޝަންސް ލިސްޓުގައި ހިމެނޭ އުޅަނދުތަކުގެ އަދަދު މިހާރު 79 އަށް އެރީއެވެ.
އިއްޔެ އީޔޫ އިން އާއްމުކުރި ލިސްޓުގައި ކުންފުނިތަކާއި މީހުން ހިމެނޭހެން 84 ފަރާތެއްގެ ނަން ހިމެނެއެވެ. ޗައިނާގެ ކުންފުނިތަކާއި މީހުންގެ އަދަދު 7 އަށް އަރައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި