ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކަ މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު އިއްޔެ މަޝްވަރާތައް ބާއްވަވައިފިއެވެ.
އިއްޔެ ދިއްލީގައި އޮތް ބައްދަލުވުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މޯދީ ވިދާޅުވީ ލަންކާއަށް ބޭނުންވާ ގުދުރަތީ ގޭސް އެ ގައުމަށް ފޯރުކޮށްދޭނެ ކަމަށެވެ. އެގޮތުން ލަންކާގެ އެލްޓީއެލް ހޯލްޑިންގްސް އިން ކޮޅުނބު ސަރަހައްދުގައި ހިންގާ އިންޖީނުގެތަކަށް ފަސް އަހަރަށް ބޭނުންވާ ލިކުއިފައިޑް ނެޗުރަލް ގޭސް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި އިންޑިއާ ސަރުކާރުގެ ކުންފުންޏެއްކަމަށްވާ ޕެޓްރޯނެޓް އެލްއެންޖީ އާއެކު މިހާރު ވަނީ ސޮއިކޮށްފައެވެ.
ލަންކާއަށް ބޭނުންވާ ލިކުއިފައިޑް ނެޗުރަލް ގޭސް ފޯރުކޮށްދޭނީ ކޮޗިންގައި ހުންނަ ޕެޓްރޯނެޓްގެ ޓަރމިނަލުންނެވެ. މީގެ އިތުރުން ދެ ގައުމުގެ ޕަވަރ ގްރިޑް ގުޅާލުމާއި، އަދި ލަންކާއަށް ބޭނުންވާ ތެލުގެ ބާވަތްތައް ފޯރުކޮށްދިނުމަށް އިންޑިއާއިން ލަންކާއަށް ތެޔޮހޮޅިއެއް އެޅުމާ ގުޅޭ ގޮތުންވެސް ދެގައުމުގެ މެދުގައި މަޝްވަރާކުރެވުނެވެ. އަދި ހަމައެއާއެކު ދެ ގައުމުގެ މެދުގައި އޮތް ޕަލްކް ސްޓްރެއިޓްގައި ވައިން ހަކަތަ އުފައްދުމުގެ ގާބިލްކަން ދެގައުމުން ގުޅިގެން ހޯދުމަށްވެސް ދެގައުމުން އެއްބަސްވިއެވެ.
ލަންކާގެ ރައީސް ޑިސަނަޔަކަގެ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނު ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ