ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް, އެ މައްސަލަ އަނެއްކާވެސް ބަލަން އަންގައިފި އެވެ.
މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި އޮތީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. އެއީ 2013 ވަނަ އަހަރު ސްރީ ލަންކާ އިން ރާއްޖެ އައިއިރު އޭނާ ދިރުވާލައިގެން ގެނައި 76 ގްރާމްގެ މަސްތުވާތަކެތީގެ މައްސަލައެއްގަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމް ޝާފިއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އިއްވި ހުކުމްގައި ބުނީ ފެނުނު މަސްތުވާތަކެތި ތަހުލީލުކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ޝަރީއަތުން ނިންމި ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށް ހައި ކޯޓުން ބުންޏެވެ.
އެހެންކަމުން މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް އަލުން ފޮނުވަން ޖެހޭ ކަމަށް ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ