ކުށް ސާބިތުވެ، ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުން އިސްތިއުނާފު މަރުހަލާގައި ކަފާލާތުގެ ދަށުން ޖަލުން ދޫކުރެވޭ ގޮތަށް ޖިނާއީ އިޖުރައާތުގެ ގާނޫނަށް ހުށަހަޅާ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އިސްލާހު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
ސަރުކާރުގެ ފަރާތުން މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރަކް ހުށަހެޅުއްވި ބިލު މިމަހުގެ 9ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކުރީ 58 މެންބަރުންގެ ވޯޓާއެކުގައެވެ.
ބިލުގައިވާ ގޮތުން ޖަލު ހުކުމެއް އިސްތިއުނާފް ކޮށްފިނަމަ އެ މައްސަލަ ނިމެންދެން ކަފާލާތުގެ ދަށުން އެ މީހަކު ބަންދުން ދޫކުރެވިދާނެ އެވެ. ނަމަވެސް މީހުން މެރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި މަސްތުވާތަކެތި ޓްރެފިކް ކުރުން ފަދަ ކުށްތަކުގައި ކަފާލާތު ނުދެވޭނެ ކަމަށް އެ ބިލްގައިވެ އެވެ.
ދަށު ކޯޓުތަކުގައި ކުށް ސާބިތުވާ މީހުންނަށް ވެސް އަދަބު ކަނޑައެޅުމުގެ ކުރިން ކަފާލާތުގެ އުސޫލުން ދޫކުރެވޭ ގޮތަށް އެ ބިލްގައި ހިމަނާފައިވެ އެވެ. ނަމަވެސް މިގޮތަށް ދޫކުރެވޭނީ އިންސާފު ގާއިމްކުރަން މުހިންމު ކަމެއް ކަމުގައި ސާބިތުކޮށް ދިނުމުން ކަމަށް ބިލްގައިވެ އެވެ.
މިގޮތަށް ކަފާލާތުގެ ދަށުން ބަންދުން ދޫކުރި ނަމަވެސް ފުރުން މަނާ ކުރުމާއި ކޯޓުން އަންގާ ގަޑިއަކަށް ހާޒިރުވުމާއި މައްސަލާގައި ހިމެނޭ އެއްވެސް ފަރާތަކާ މުއާމަލާތު ނުކުރުން ފަދަ ޝަރުތުތައް ކުރެވޭ ގޮތަށް ބިލްގައި ހިމަނާފައިވެ އެވެ.
މި ބިލްގެ ފުރަތަމަ ކިޔުން ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައިވަނީ އިއްވައިފަ އެވެ.
ކަފާލާތަކީ ކޯޓުން ކަނޑައަޅާ އަދަދަކަށް ކޯޓުގައި ފައިސާ ބެހެއްޓުމަށް ފަހު ބަންދު ދޫކުރާ އުސޫލެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ކަފާލާތު ދެވެނީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް އެކަންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ