ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
މިއީ މި ސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި ދެ ވަނަ ބޭފުޅާ އިސްތިއުފާ ދެއްވި ފަހަރެވެ.
މީގެ ކުރިން އެ މަގާމުގައި ހުންނެވި ޒީނާ ޒާހިރު އިސްތިއުފާ ދެއްވުމުން، ސައީދު އެ މަގާމަށް އައްޔަން ކުރެއްވީ މި އަހަރުގެ އޮގަސްޓް 25 ގައެވެ.
ތައުލީމީ ދާއިރާގައި ގިނަ ދުވަހު ހިދުމަތް ކުރެއްވި ސައީދު އިސްތިއުފާ ދެއްވި ސަބަބެއް ނޭނގެއެވެ.
ދައުލަތުގެ ކުންފުނިތަކަށް ބޭފުޅުން އައްޔަންކޮށް ވަކިކުރަނީ ޕްރައިވަޓައިޒެޝަން އެންޑް ކޯޕްރައިޓައިޒޭޝަން ބޯޑުންނެވެ. ސައީދު އިސްތިއުފާ ދެއްވި ސަބަބެއް އެ ބޯޑުން އަދި ސާފުކޮށެއް ނުދެއެވެ.
ޕީއެސްއެމަކީ ހަބަރާއި މައުލޫމާތު ފެތުުމާއި ހޭލުންތެރިކަން އިތުރު ކުރުމާއި މުނިފޫހިފިލުވުން ވެސް ޝާމިލުވާ ގޮތުން ހިންގަމުންދާ ދައުލަތުގެ ވަކި ކުންފުންޏެވެ.
އެ ކުންފުނީގެ ދަށުން ހިންގާ ޗެނަލްތަކަކީ ޕީއެސްއެމް ނިއުސް، ޓީވީއެމް، ދިވެހިރާއްޖޭގެ އަޑު، ދިވެހި އެފްއެމް، މުންނާރު ޓީވީ، ޔެސްޓީވީ އަދި އޮންލައިން ޕްލެޓްފޯމްތައް ވެސް ހިމެނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ