ސީލައިފްގެ މައްސަލާގައި ހިޔާނާތުގެ ދައުވާ ލިބޭ އަހުމަދު މޫސާ (އައްމަޓީ) ރާއްޖެއިން ބޭރަށް ދާން ހުއްދަ ދީފި އެވެ.
ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ކުންފުނީގެ ވެރިޔާ އައްމަޓީގެ މައްޗަށް ކުރާ ހިޔާނާތުގެ ގިނަ ދައުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ކުރިން އޮތީ ހިފަހައްޓައިފަ އެވެ.
ކްރިމިނަލް ކޯޓުން މިއަދު ބުނީ އައްމަޓީގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލަން އަމުރުކުރީ އެހެން މީހަކު ޖާމިނު ކުރުމަށް ފަހު ރާއްޖެއިން ބޭރަށް ދާން އައްމަޓީގެ ފަރާތުން ހުށަހަޅާފައިވާތީ ކަމަށެވެ.
އެހެންކަމުން ރާއްޖެއިން ބޭރަށް ފުރުމުގެ އިންތިޒާމް އިމިގްރޭޝަނުން ހަމަޖައްސައިދޭ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް އައްމަޓީ ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަ ދީފައިވާ ކަމަށް ކޯޓުން ބުންޏެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އޭނާ ރާއްޖެ އަންނަން ޖެހޭނެ ކަމަށް ކޯޓުން ބުންޏެވެ.
އައްމަޓީގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ކުރިއިރު، އައްމަޓީގެ އޮޕަރޭޝަނެއް ކުރުމަށްޓަކައި އޭނާގެ ޕާސްޕޯޓް ދޫކުރަން މިދިޔަ އަހަރު ވެސް ކްރިމިނަލް ކޯޓުން އަމުރުކުރި އެވެ.
ނަމަވެސް އޭރު އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން އޭރު ނިންމާފައިވަނީ ވަނީ އައްމަޓީ ފުރަން ހުއްދަ ދިނީ ގޯސްކޮށް ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ