ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން، އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު މައްޗަށް ތަހުގީގު ހިންގަން ފަށައިފިއެވެ.
ފުލުހުން އިއްޔެ ވަނީ އެ މައްސަލައާ ގުޅިގެން ފުލުހުން ތަހުގީގު ފަށާފައިވާ ކަމަށް ބުނެފައެވެ. ފުލުހުން ބުނީ އެ ތަހުގީގުގައި ބަލަނީ ޑޮކިއުމެންޓު ފޯޖު ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި ބުނީ އެ ތަހުގީގަކީ ފުލުހުންނަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ފުލުހުން އިސްވެ ފަށާފައިވާ ތަހުގީގެއް ކަމަށެވެ.
އެ މައްސަލާގައި ފަޒީލް ވަނީ އެމްޑަބްލިއުއެސްސީގެ ޑީއެމްޑީގެ މަގާމުން ސަސްޕެންޑު ވެސް ކޮށްފައެވެ.
"ބިންވެރިޔާ ސްކީމު"ގެ ދަށުން ފަޒީލު ގޯއްޗަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވަނިކޮށް، އެޗްޑީސީއަށް ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވީ ސޯޝަލް މީޑިއާމެދުވެރިކޮށެވެ.
ނަމަވެސް ފަޒީލްގެ ބޭބެ، އަދި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ވިދާޅުވީ އެކަން އެންމެ ފުރަތަމަ ފާހަގަވީ މީގެ ހަ މަސް ކުރިން، މިދިޔަ ޖޫން މަހު ކަމަށާއި އެކަން ހިނގާފައިވާ ގޮތް ބެލުމަށް ހައުސިން މިނިސްޓްރީއަށް ހުށަހެޅުއްވި ކަމަށެވެ.
ވަގު ލިޔުންތަކެއް ހުށަހަޅައިގެން އެއް ބިމަކަށް ދެ ބޭފުޅަކު ކުރިމަތިލައްވާފައިވާކަން އެނގިހުރެ، ވޭތުވެދިޔަ ހަ މަސް ދުވަހު އެކަން ސިއްރު ކުރައްވައި، ފުލުހުންނަށް ހުށަނާޅުއްވައި ހުންނެވުމުން، ފަޒުލް މަސައްކަތް ކުރެއްވީ ބޭބެގެ މަސްލަހަތު ހިމާޔަތް ކުރެއްވުމަށް ކަމަށް ބެލުމުގެ ޖާގަ އެބަ އޮތެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ވަނީ އެޗްޑީސީއަށް ވަދެ، އެތަން ބަލައިފާސްކޮށްފައެވެ.
ކޮރަޕްޝަންގެ މި މައްސަލައާ ގުޅިގެން، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލްއާ އެކު އެ ކުންފުނީގެ ބޯޑުގެ 10 މެމްބަރަކު ވަނީ ސަސްޕެންޑްކޮށްފައެވެ. އެ ބޯޑުގައި މިހާރު އިންނެވީ އެޗްޑީސީގެ ޗެއާމަން އަހުމަދު ނާސިފް އެކަންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ