މިމަހުގެ 12ވަނަ ދުވަހު ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާ ތަހުގީގު ކުރުމަށް ބޭރުގެ ޓީމެއް ރާއްޖެ އަތުވެއްޖެއެވެ.
ފުލުހުން މިއަދު ވަނީ ކޮމިޝަނަރު އޮފް ޕޮލިސް އަލީ ޝުޖާއު މީޑިއާތަކާއި ހިއްސާ ކުރެއްވި މެސެޖެއް މީޑިއާތަކާއެކު ހަދާފައިވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވައިފައެވެ. އެ މެސެޖުގައި ސީޕީ ވިދާޅުވެފައި ވަނީ އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ހާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ހަރަކާތްތެރިވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.
މީގެކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ސީޕީ ވަނީ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ދިވެހި ފުލުހުންގެ ހިދުމަތާއި ހަވާލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖު އެނަލައިޒު ކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސީޕީ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ފޮރެންސިކް ޓީމުން ވެސް އެތަނުގައި މަސައްކަތް ކުރަމުން އަންނަ ކަމަށް ސީޕީ ވިދާޅުވިއެވެ.
ހަމައެއާއެކު އަލިފާނުގެ ހާދިސާ ހިނގިތަން އެންމެ ފުރަތަމަ ފެނުނު މީހުންގެ ބަޔާންތައް ނެގުމުގެ މަސައްކަތް ވެސް ފުލުހުން ކުރަމުން އަންނަ ކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ފުލުހުން ވަނީ އަލިފާނުގެ ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރި ނަމަ، އެކަން ދިވެހި ފުލުހުންނާއި ހިއްސާ ކޮށްދިނުމަށް ވެސް އެދިފައެވެ.
އަލިފާނުގެ ހާދިސާ އެންމެ ފުރަތަމަ ހިނގީ އަމީނީ މަގުގައި ހުންނަ ހައުސިން މިނިސްޓްރީ އިމާރާތުގައެވެ. އެ އިމާރާތަކީ ކޮންސްޓްރަކްޝަން މިނިސްޓްރީ ވެސް ހިންގަމުން އަންނަ އިމާރާތެވެ. އަލިފާންގަނޑު ބޯވެ ޖެހިގެން ހުރި އެންވަޔަރަމަންޓް މިނިސްޓްރީ އަށް ވެސް އަލިފާނުގެ އަސަރު ފޯރާ އެ އިމާރާތް ވެސް ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ