ފުލުހުންގެ އިކޮނަމިކް ކްރައިމް އިންވެސްޓިގޭޝަންގެ ވެރިޔާ، ސުޕްރިޓެންޑެންޓް ރަޖުނީ ޝުއައިބާއި އޭނާގެ އަންހެނުންނަށް ފޯމް ހުށަހެޅުމަކާ ނުލައި، ހުޅުމާލެ ވިނަރެސް ފްލެޓްތަކެއް ހޯދި ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ކުރާ ތުހުމަތުތަކާއި ގުޅިގެން އޭނާ މަގާމުން އެކަހެރިކޮށްފިއެވެ.
ފުލުހުންގެ ސްޕޯކްސްޕާސަން އެސިސްޓެންޓް ކޮމިޝަނާ އަހުމަދު ޝިފާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންގެ ހެޑްގެ މަގާމުގައި މަސައްކަތްކުރައްވަމުން ގެންދަވާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރަޖުނީ ޝުއައިބު ކުރައްވަމުން ގެންދެވި މަސައްކަތްތައް ވަގުތީގޮތުން އެހެން ފަރާތަކާއި ހަވާލުކުރެވިފައިވާ ކަމަށެވެ.
"މިކަމަކީ އިކޮނޮމިކް ކްރައިމް އިންވެސްޓިގޭޝަންސްގައި މިވަގުތު ކުރަމުންގެންދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާގުޅޭ ތަހުގީގުގެ ކްރެޑިބިލިޓީ ހިފެހެއްޓުމާއި އެ ތަހުގީގަށް އެއްވެސް ކަމަކުން ނުރަނގަޅު އަސަރެއް ނުފޯރާނެކަން ޔަގީންކުރުމަށްޓަކައި ގެނައި ބަދަލެކެވެ." ޝިފާން ވިދާޅުވިއެވެ.
ޝިފާން ވިދާޅުވީ ނިންމުމަކީ އެސްޕީ ރަޖުނީ ޝުއައިބާ ގުޅޭގޮތުން މިޚިދުމަތުން ޔަގީންކުރަމުންދާ ކަންކަމުގައި، އެފަރާތުން އެއްވެސް ނުރަނގަޅު އަމަލެއް ހިންގާފައިވާކަން މިހާތަނަށް ފާހަގަކުރެވިގެން ނިންމި ނިންމުމެއް ނޫން ކަމަށެވެ.
ވިނަރެސް ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓުގައި ރަޖުނީގެ ނަން ނެތީސް، އޭނާއަށް ފްލެޓް ދީފައިވާތީ، ނާޖައިފް މަންފާ ރަޖުނީ ހޯދި ކަމަށް ސޯޝަލް މީޑިއާގައި ދަނީ ތުހުމަތު ކުރަމުންނެވެ. ރަޖުނީއަށް ވިނަރެސް ފްލެޓް ދީފައި ވަނީ އޭނާއަށް ކ. އަތޮޅު ރަށަކުން ގޯތިވެސް ލިބިފައިވަނިކޮށެވެ.
"ބިންވެރިޔާ ސްކީމް"ގެ ގޯތި ވައްކަމާއި ދައުލަތުގެ އިދާރާތަކުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ފުލުހުންގެ ޑިޕާޓްމަންޓުގެ ވެރިއަކަށް ހުރެ އެފަދަ ނާޖައިޒް މަންފާއެއް އޭނާ ހޯދާފައިވާނަމަ، ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުރުބާރު ގެއްލިފައިވާ ކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ