ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާ، ޖަމިއްޔަތުއް ސަލަފުގެ މާކެޓިން އޮފިސަރުގެ މަގާމުން އަލީ ރަމީޒު އިސްތިއުފާ ދީފިއެވެ.
އޭނާ އިސްތިއުފާ ދިން ވާހަކަ "ފޭސްބުކް"ގެ ޕޯސްޓެއްގައި މިރޭ ވަނީ ލިޔެފައެވެ.
އިސްތިއުފާ ދިން ސަބަބާ ގުޅޭ ގޮތުން "ހަތާވީސް"އިން ސުވާލު ކުރުމުން އަލީ ރަމީޒު ބުނީ އެކަމާ ގުޅޭ ގޮތުން "އެއްޗެއް ދެންނެވޭކަށް، މިވަގުތު ނެތް" ކަމަށެވެ. ނަމަވެސް އިސްތިއުފާ ދެއްވިކަން އަލީ ރަމީޒު ކަށަވަރުކޮށްދިނެވެ.
ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް ސަލަފު ޖަމިއްޔާ މެދުވެރިކޮށް އަލީ ރަމީޒު ގެންދަވަނީ 2010 ވަނަ އަހަރުން ފެށިގެން ގިނަ ހިދުމަތްތަކެއް ހިލޭ ސާބަހަށް ކުރަމުންނެވެ. އެގޮތުން ރޭޑިއޯ ސްޓޭޝަން، ސަންއެފްއެމް މެދުވެރިކޮށް "އިލްމީ ހަޒާނާ" ޕްރޮގްރާމަށް ދީނީ އިލްމުވެރިން ގެނެސްގެން، ޕްރެޒެންޓަރެއްގެ ގޮތުގައި އޭނާ ގެންދެވީ މަސައްކަތްކުރަމުންނެވެ. އޭގެ ފަހުން، "ދާރިސް ޓީވީ"ގެ ގިނަ ދީނީ ޕްރޮގްރާމްތަކެއް އަލީ ރަމީޒު ގެންދަވަނީ ހުށަހަޅުއްވަމުންނެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލަވަކިޔުންތެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ އަލީ ރަމީޒު ލަވަކިޔުން ހުއްޓާލީ 2002 ވަނަ އަހަރުގައެވެ.
އޭނާ މިހާރު ގެންދަނީ ސޯޝަލް މީޑިއާގައި އަމިއްލަ އެކައުންޓުތަކުން ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ އުފެއްދުންތައް ޝާއިއުކުރަމުންނެވެ. އެގޮތުން ފޭސްބުކް، ޓިކްޓޮކް، ޔޫޓިއުބް ފަދަ ޕްލެޓްފޯމްތަކުގައި އޭނާ ގެނެސްދޭ އުފެއްދުންތަކަށް ގިނަ ބައެއްގެ މަގުބޫލުކަން ލިބެއެވެ.
ޖަމިއްޔަތުއްސަލަފަކީ 2006 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިންގަމުންދާ ދީނީ ޖަމިއްޔާއެކެވެ.
އެ ޖަމިއްޔާގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ބޭބެއެވެ. އެ ޖަމިއްޔާގެ ނައިބު ރައީސަކީ ޝެއިހް އަހުމަދު ސަމީރެވެ.
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން