ޓައިވާނަށް 571 މިލިއަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޯރުކޮށްދިނުމުގެ ހުއްދަ އެމެރިކާގެ ރައީސް ޖޯ ބައިޑެން ދެއްވައިފިއެވެ.
އަސްކަރީ އެހީގެ ޕެކޭޖަކަށް ބައިޑެން ފެހި ސިގްނަލް ދެއްވިއިރު، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ޓައިވާނަށް 265 މިލިއަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ ސާމާނު ވިއްކުމުގެ ހުއްދަވެސް ދީފައެވެ.
ޓައިވާނުން ވަނީ އެމެރިކާގެ މި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފަހަރު ދިން ހުއްދައިގެ ދަށުން ކޮމާންޑް، ކޮންޓްރޯލް އެންޑް ކޮމިއުނިކޭޝަން ސިސްޓަމްތައް ގަތުމުން، ފަހުގެ ޓެކްނޮލޮޖީތަކާއި ޓައިވާނުގެ އަސްކަރިއްޔާއަށް ފައިހަމަކުރެވޭނެ ކަމަށް އެ ގައުމުގެ ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.
ޗައިނާއިން އެގައުމުގެ ބައެއްގެ ގޮތުގައި ބަލާ ޓައިވާންއާ އެކު އެމެރިކާއިން ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައި ނުވިނަމަވެސް، ޗައިނާގެ ފަރާތުން ޓައިވާނަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް ޓައިވާނަށް ބޭނުންވާ އެހީތެރިކަން ދިނުމަކީ އެމެރިކާގެ ގާނޫނުތަކުން އެމެރިކާ ސަރުކާރަށް ލާޒިމްކުރާ ކަމެކެވެ.
ފަހަކަށް އައިސް ޗައިނާއާއި ޓައިވާނުގެ މައްސަލަ ގޯސްވެ، ޗައިނާއިން ޓައިވާނުގެ ސަރަހައްދު ތެރެއަށް ވަނުމާއި، ޓައިވާން ހިފުން ތަމްސީލުކޮށްދޭ އަސްކަރީ ތަމްރީނުތައް ބޭއްވުން ވަނީ ގިނަކޮށްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ