ޕެނަމާ ކެނަލުން ދަތުރުކުރާ އުޅަނދު ފަހަރުން ނަގާ ފީތައް މާ ބޮޑު ކަމަށާއި، އެތަން ރަނގަޅަށް މެނޭޖް ނުކުރެވޭނަމަ ސުވާލެއް ނެތި އެތަން އެމެރިކާއާ ހަވާލުކުރުމަށް އަންގަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސްކަމަށް އަލުން އިންތިޚާބުވެވަޑައިގެންނެވި ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ އަމިއްލަ ސޯޝަލް ނެޓްވޯކްކަމަށްވާ 'ޓްރުތް ސޯޝަލް'ގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ ޕެނަމާ ކެނަލްއަކީ އެމެރިކާއިން ޕެނަމާއަށް ދިން އަގު ބޮޑު ހަދިޔާއެއް ކަމަށާއި، އެކަން ޕެނަމާއިން ދަންނަން ޖެހޭނެ ކަމަށެވެ.
އެމެރިކާ ބައްރުގެ އެއް އައްސޭރިން އަނެއް އައްސޭރިއަށް ދަތުކުރެވޭނެ ފަސޭހަ ހަމައެކަނި ގޮތަކީ ޕެނަމާ ކެނަލް ހުރަސްކޮށް ދަތުރުކުރުމެވެ. މި ކެނަލް ތަރައްގީކުރީ އެމެރިކާއިން ބޮޑު އެހީތެރިކަމެއް ދީގެންނެވެ. އަދި 1999 ވަނަ އަހަރާއި ހަމަޔަށް ޕެނަމާ ކެނަލް މެނޭޖްކުރަމުން ވެސް ދިޔައީ އެމެރިކާއާއި ޕެނަމާ ގުޅިގެންނެވެ.
ޓްރަމްޕްގެ މި އިންޒާރު އައިސްފައި މިވަނީ ޗައިނާގެ ނުފޫޒު ޕެނަމާގައި ބޮޑުވަމުންދާ ދުވަސްވަރެއްގައެވެ. ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕްގެ މި އިންޒާރަކީ ޗައިނާގެ ނުފޫޒަށް ލެނބި، އެ ގައުމުގެ ކޮންޓްރޯލްގެ ދަށަށް ޕެނަމާ ކެނަލް ގޮސްގެން ނުވާނެކަމުގެ މެސެޖް ޕެނަމާގެ އޮފިޝަލުންނަށް ދެއްވުމަށް ވިދާޅުވި އެއްޗެކެވެ. ނަމަވެސް އެހެން ގައުމެއްގެ ސިޔާދަތީ ސަރަހައްދެއް އެމެރިކާއާ ހަވާލުކުރަން ޖެހިދާނެކަމުގެ އިންޒާރު ދެއްވުމަކީ އެމެރިކާގެ ވެރިން މިފަހުން ނުކުރައްވާ ކަމެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ