ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ނެރުނު ލިސްޓާއި އަދި މި ސަރުކާރުން ދާދިފަހުން ގޯތިތަކާއި ގުޅޭ ގޮތުން ކަންކުރި ގޮތް ވެސް ބޭއިންސާފު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޯއްޗާއި ގުޅޭ ގޮތުން މިހާރުވެސް ދެންނެވެން އޮތީ ކުރިންވެސް ދެއްކެވި ވާހަކަ ކަމަށެވެ. އެގޮތުން ކުރިން ވެސް ލިސްޓު ހަދައިފައި ވަނީ ބޭއިންސާފުން އެތައް ބަޔަކަށް ގޯތި ލިބޭ ގޮތަށް ކަމަށެވެ. އަދި މިފަހަރު އަނެއްކާވެސް އެ ބޭއިންސާފަށް ބޮޅެއް އިތުރުވީ ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މިފަހަރު މިވަނީ މި މައްސަލަ ތަހުގީގު ކުރަން ފަށައި އަދި އެޗްޑީސީގެ ވެރިން ބަދަލުކޮށްފައި. އަޅުގަނޑު އުއްމީދުކުރަނީ ފުލުހުން ރަނގަޅު ތަހުގީގެއް ހިންގާނެ ކަމަށް. އަދި މައުރޫފް ޖަމީލް އެންމެ ކަންކަން އިސްލާހު ކުރައްވާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައިވާ މިވަނީ ފޯޖުކޮށްފައިވާ ލިޔުންތަކެއް ހުށަހަޅައިގެން ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯތި ދޫކުރަން އުޅުނު މައްސަލައެއް ފެންމަތިވެ، އެޗްޑީސީ ބޯޑުގެ ޗެއާމަން ފިޔަވައި، ހުރިހާ މެމްބަރުން ވަނީ ސަސްޕެންޑު ކޮށްފައެވެ.
ސަސްޕެންޝަންގައި ހުންނަވަނިކޮށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އިސްތިއުފާ ދެއްވާފައެވެ. އޭނާ އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމަށް ހަމަޖައްސާފައި ވަނީ ކުރީގެ މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލުއެވެ.
ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް ހޯދުމަށް ފޯޖުކޮށްފައިވާ ލިޔުންތަކެއް އެޗްޑީސީއަށް ހުށަހަޅައި، ގޯއްޗެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެއް ގޯއްޗަކަށް އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވުމުން، އެޗްޑީސީން ވަނީ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ފޯޖުކޮށްފައިވާ އެ ލިޔުންތަކާ ގުޅޭ މައްސަލަ މިއަހަރުގެ ޖޫން މަހު އެޗްޑީސީއަށް ފާހަގަވި ކަމަށް ފަޒުލް ވިދާޅުވިއިރު، އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ނަޝީދު ހުޅުމާލެ އިން ގޯތި ބެއްސެވީ އަމުދުން މާ ބޮޑައް ވެސް ބޭއިންސާފުން. ގުދޯ ގުދޯ …
ޢަލިފް