ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފްގެ އަނބިކަނބަލުން ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމަކަށް އައްޔަން ކޮށްފައިވާކަން ހާމަވެއްޖެއެވެ.
އައްބާސްގެ އަނބިކަނބަލުން އަޒްމާ މުހައްމަދު މިހާރު ހުންނަވަނީ ތައިލެންޑްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ކައުންސެލާގެ މަގާމުގައެވެ. މީގެ ކުރިން ޕީޖީއެއްގެ އަނބިކަނބަލުން ނުވަތަ ފިރިކަލުން ދައުލަތުން މަގާމެއް އަދާކޮށްފައެއް ނުވެއެވެ.
އައްބާސްގެ އަނބިކަނބަލުން ތައިލެންޑް އެމްބަސީގެ މަގާމެއް އަދާކުރަމުން ގެންދަވާއިރު, ޕީޖީގެ މަގާމަށް ވަޑައިގަތުމާ ހަމައަށް އައްބާސް ހުންނެވީ ރައީސް އައްޔަން ކުރައްވާ ސިޔާސީ މަގާމެއްގައެވެ. އޭނާ އޭރު ހުންނެވީ ރައީސްގެ ލީގަލް އެޑްވައިޒަރެއްގެ މަގާމުގައެވެ.
ޕީޖީ އައްބާސް ދާދިފަހުން ވަނީ ކުރީގެ ސަރުކާރުގައި ކުންފުނިތަކަށް ބަދަލު ދޭން ނިންމި ނިންމުމާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އަމުރުކޮށްފައެވެ. އަދި މިހާރު ފެންމަތިވެފައިވާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ވެސް ތަހުގީގުކުރަން ޕީޖީ ވަނީ އަންގަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޕީޖީގެ އަންހެނުންނަށް ވެއްޖެއާ ވަޒީފާއެއްލިބިގެން ނުވޭބާ..؟؟؟؟
ގަލަން