ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލަ ފެންމަތިވުމާ ގުޅިގެން، ސަސްޕެންޑުކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބޯޑު މެންބަރުންތަކުގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު ބުނީ އެޗްޑީސީ އަށް އައު މެނޭޖިން ޑިރެކްޓަރެއް އައްޔަންކޮށްފައިވާތީ، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން ސަސްޕެންޑް ކުރުމަށް ނިންމި ނިންމުން މިއަދުން ފެށިގެން ނިމުމަކަށް ވަނީ ގެނެވިފައެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިބްރާހިމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވުމުން، އެ މަގާމަށް ކުރީގެ މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލެވެ.
އެޗްޑީސީގެ އެމްޑީގެ މަގާމުން އިސްތިއުފާ ދެއްވައި، ފަޒުލް ވިދާޅުވީ ބިންވެރިޔާ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށެވެ.
ފަޒުލްގެ ބޭބެ، އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޒީލް ރަޝީދު ވަނީ ހުޅުމާލެ ދެ ވަނަ ފިޔަވަހިން ގޯއްޗެއް ހޯދުމަށް ފޯޖުކޮށްފައިވާ ލިޔުންތަކެއް އެޗްޑީސީއަށް ހުށަހަޅައި، ގޯއްޗެއް ހޯދުމަށް މަސައްކަތްކޮށްފައެވެ. އެއް ގޯއްޗަކަށް އެކަކަށް ވުރެ ގިނަ މީހުން ހުށަހަޅާފައިވުމުން، އެޗްޑީސީން ވަނީ އެ މައްސަލަ ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައެވެ. ނަމަވެސް ފޯޖުކޮށްފައިވާ އެ ލިޔުންތަކާ ގުޅޭ މައްސަލަ މިއަހަރުގެ ޖޫން މަހު އެޗްޑީސީއަށް ފާހަގަވި ކަމަށް ފަޒުލް ވިދާޅުވިއިރު، އެ މައްސަލަ އޭނާ ފުލުހަށް ހުށަހަޅާފައެއް ވެސް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ