ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ގެއްލުން ލިބޭނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް، ޕީއެންސީން ގޮވާލައިފިއެވެ.
ޕީއެންސީން މިފަދައިން ގޮވާލާފައި މިވަނީ ރޭ އެޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ނިހާދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން އެކަމުގެ ފާޑު ކިޔުންތައް ސަރުކާރަށާއި އަދި ޕީއެންސީގެ އިތުރުން ނިހާދު އަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.
ރޭގެ ޖަލްސާގައި ނިހާދު ވިދާޅުވީ ރާއްޖެ އަށް އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް އެކަމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށްޓަކައި އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ނިހާދު ވިދާޅުވިއެވެ.
އެކަމާއި ގުޅިގެން ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކާއި އަދި މަދަނީ ޖަމިއްޔާއަކުން ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ޖުމްލަކޮށް ރާއްޖޭގެ މުޅި އިގްތިސޯދަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށެވެ.
ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކުންވެސް އަމަލު ކުރާނީ ގާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި ކަމަށާއި އެ އިމުން ބޭރުވާނަމަ އެކަމާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ އިދާރާތަކުން އަޅާނެ ކަމަށް ޕީއެންސީން ބުންޏެވެ.
ރާއްޖެއަކީ އަބަދުވެސް ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން ގެންދާނެ ކަމަށާއި އަދި އެ ސިނާއަތަށް އިންވެސްޓު ކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓުމަންޓުތައް ރައްކާތެރި ކުރުމަށްވެސް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށް ޕީއެންސީގެ ބަޔާނުގައިވެއެވެ.
އެހެންކަމުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކާއި އަމިއްލަ ފަރުދުންވެސް ފަތުރުވެރިކަމަށާއި ރާއްޖެއަށް އުނިކަން އަތުވެދާނެ ކަމެއް ނުކުރުމަށް އެޕާޓީން ވަނީ ގޮވާލައިފައެވެ.
ސަރުކާރުން ވަނީ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިހާދު މަގާމުން ސަސްޕެންޑު ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ