އާ އަހަރާއި ދިމާކޮށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ބުނެފިއެވެ.
ފުލުހުން މިއަދު ނެރުނު ކުރު ބަޔާނެއްގައި ބުނީ އާ އަހަރާ ދިމާކޮށް ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރި ކުރުން އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށެވެ.
އެހެންކަމުން އެފަދަ މައްސަލަތަކެއް އާ އަހަރާ ދިމާކޮށް އިތުރުވެދާނެތީ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެ އަށް ބަނގުރާ އަރުވައި، ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭ/ރެސްޓޯރަންޓްތައް މޮނީޓާކޮށް ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެކުރިން ވެސް އާ އަހަރާ ދިމާކޮށް ފުލުހުން ހާއްސަ އޮޕަރޭޝަންތައް ކުރިޔަށް ގެންގޮސްފައިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ