އާ އަހަރަށް ތައްޔާރުވުމަށް ހިންގާ ހަރަކާތަކަށް މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
އެމްއެންޑީއެފް އިން މިއަދު ބުނީ އާ އަހަރުގެ ފެށޭ ރޭ ހަވާ އެރުވުމަށް ތައްޔާރުވުމުގެ ގޮތުން ސިފްކޯއިން ކުރިއަށްގެންދާ ފަރިތަކުރުންތަކެއްގައި، މިރޭ 20:00 ހާއިރު، ހުޅުމާލެ ފޭސް ތިނެއް ސަރަހައްދުގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ ފަރިތަކުރުންތަކުގައި، ދެ މިނެޓްގެ ތިން ޝޯވްއެއް ކުރިއަށް ގެންދާނެ ކަމަށެވެ.
އާ އަހަރު ފާހަގަކުރުމަށް މީގެކުރިން މާލޭގައި އެކި ހަރަކާތްތައް ބާއްވާފައިވެއެވެ. އަދި އާ އަހަރާއި ގުޅިގެން މީގެކުރިން ހަވާވެސް އަރުވާފައިވެއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ