އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު މުއާވިޔަތު ގާސިމް ބޭންކުގެ ކްރެޑިޓް ކާޑަށް ފައިސާ ނުދެއްކުމުން އޭނާގެ ފަނޑިޔާރުކަމުގެ މަގާމު ގެއްލިއްޖެ އެވެ.
މުއާވިޔަތުގެ މައްޗަށް ސިވިލް ކޯޓުން މިދިޔަ އަހަރު ހުކުމް ކޮށްފައިވަނީ އޭނާއަށް ބޭންކުން ދޫކުރި ކްރެޑިޓް ކާޑަށް ނުދައްކާ އޮތް ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ އެއް އަހަރު ތެރޭގައި ދެއްކުމަށެވެ. އަދި އެ ފައިސާ ނުދައްކާތީ މިއަހަރު ބޭންކުން ސިވިލް ކޯޓަށް ހުށަހެޅުމުން އިތުރު ފުރުސަތެއް ފައިސާ ދެއްކުމަށް ލިބޭ ގޮތަށް ބޭންކާއެކު އޭނާ އެއްބަސްވެފައިވާތީ އެކަމަށް ފުރުސަތު ލިބޭ ގޮތަށް މިދިޔަ އޮކްޓޫބަރު މަހު ސިވިލް ކޯޓުން ނިންމާފައިވެ އެވެ.
ޖޭއެސްސީން ބުނީ ސިވިލް ކޯޓުގައި ނިމިފައިވާ ސާބިތު ދަރަނީގެ މައްސަލައަކާ ގުޅިގެން ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ދަރަނި އިސް މެޖިސްޓްރޭޓް މުއާވިޔަތު ދައްކާފައިނުވާ ކަމަށެވެ. އަދި ޖޭއެސްސީގެ ތަހުގީގު ކޮމެޓީގައި އޭނާ އެކަމަށް އެއްބަސްވެފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެހެންވެ، އިސް މެޖިސްޓްެރޭޓް މުއާވިޔަތުގެ ކިބައިން ފަނޑިޔާރުކަމުގެ އެ އަސާސީ ޝަރުތު އުނިވެފައިވާތީ، އުކުޅަހު މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމު ހުސްވީ ކަމުގައި ޖޭއެސްސީން އިއްޔެ ވަނީ ނިންމައިފަ އެވެ.
ސާބިތު ދަރަންޏެއް އޮތް ނަމަ އެ ފައިސާ ހުކުމާ އެއްގޮތަށް ދެއްކުމަކީ ގާނޫނުއަސާސީގައި ދަށުން ފަނޑިޔާރުންގެ ކިބައިގައި ހުރުން ލާޒިމްކުރާ ޝަރުތުތެކެވެ. އެ އިން ޝަރުތެއް ފަނޑިޔާރެއްގެ ކިބައިން އުނިވެއްޖެ ނަމަ އެ ފަނޑިޔާރަކު ހުރި މަގާމު ހުސްވާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ