އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ގެއަށް ކޯޓު އަމުރެއްގެ ދަށުން މިރޭ ދަންވަރު ފުލުހުން ވަދެއްޖެއެވެ.
ބަލައިފާސްކުރަމުންދަނީ ލޮނުޒިޔާރަތް މަގުގައި ހުންނަ ގ. ދިލްކަޝްގޭގެ 8 ވަނަ ފަންގިފިލާއެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އާދަމް މުހައްމަދު ސޮއިކޮށް ނެރުނު ކޯޓު އަމުރުގައި ބުނެފައި ވަނީ އާރްޑީސީގެ އެމްޑީގެ މަގާމުގައި ހުންނަވައި، އެ ކުންފުނީގެ ފައިސާއަށް މޫކޭ ހިޔާނާތްތެރިވެ، އެ ފައިސާ ލޯންޑާކޮށް، އެ ފައިސާއިން އަމިއްލަ މަންފާ ހޯދާފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގަށް މޫކޭގެ ހަށިގަނޑު ބަލައި ފާސްކޮށް، އޭނާ ގެންގުޅޭ މޯބައިލް ފޯނުތަކާއި އިލެކްޓްރޯނިކް ޑިވައިސްތަކާއި ސިމްކާޑުތަކާއި ހެކި ގަރީނާ ކަމަށް ބެލެވޭ އެންމެހާ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ހުއްދަ ކޯޓު އަމުރުގައި ދީފައިވެއެވެ.
ކޯޓު އަމުރު ނެރުމަށް ފުލުހުން ހެއްކާއި ގަރީނާގެ ގޮތުގައި ހުށަހަޅާފައި ވަނީ ފުލުހުންގެ ހިދުމަތުގެ އިންޓެލިޖެންސް ރިޕޯޓެކެވެ. އަދި ބަލައިފާސްކުރަން ދީފައި ވަނީ ހަތަރު ގަޑިއިރެއެވެ. އެއީ ބަލައިފާސްކުރަން ފަށާ ވަގުތުން ފެށިގެންނެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން މޫކޭގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑާގެ މައްސަލާގައި ފުލުހުން ހަވާލާ ދީފައި ވަނީ ގާނޫނުލް އުގޫބާތާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުނެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް