ބޯލްޓިކް ކަނޑުގެ އަޑިން އަޅާފައިވާ ކަރަންޓު ކޭބަލަކާއި އިންޓަނެޓް ސަބްމެރިން ކޭބަލްތަކަކަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ރަޝިޔާގެ ބޯޓަކަށް ފިންލަންޑް ކޯސްޓްގާޑުން އަރައި، އެ ބޯޓު ހިފަހައްޓައިފިއެވެ.
ފިންލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި އީގަލް އެސް ނަމަކަށް ކިޔާ މި ބޯޓުގެ ނަގިލީގައި އަޅައިގަނެގެން ފިންލަންޑާއި އެސްޓޯނިއާއާ ދެމެދު އަޅާފައިވާ ޕަވަރ ކޭބަލްއަކަށް ގެއްލުން ލިބިފައިވެއެވެ. އަދި ފިންލަންޑާއި އެސްޓޯނިއާއާ ދެމެދު ފިންލަންޑްގެ އެލީސާ ކުންފުނިން އަޅާފައިވާ ފައިބަރއޮޕްޓިކް 2 ކޭބަލްއާއި، ޗައިނާ ސިޓީކް ކުންފުނިން އަޅާފައިވާ ކޭބަލް އެއްވެސް މި ހާދިސާގައި ބުރިކޮށްލާފައިވެއެވެ. އަދި މީގެ އިތުރުން ފިންލަންޑާއި ޖަރުމަންވިލާތާ ދެމެދު ފިންލަންޑްގެ ސިނިއާ ގްރޫޕުން އަޅާފައިވާ އިންޓަނެޓް ކޭބަލްވެސް ވަނީ ބުރިކޮށްލާފައެވެ.
ފިންލަންޑްގެ ނޭޝަނަލް އިންވެސްޓިގޭޝަންސް ބިއުރޯއިން ތުހުމަތުކުރާ ގޮތުގައި ކޭބަލްތައް ބުރިކޮށްލައި ގެއްލުންދިނީ ގަސްތުގައެވެ. އަދި މި ހާދިސާގައި ހިފަހައްޓާފައިވާ ބޯޓަކީ ދަތިކުރުމުގެ ފިޔަވަޅުތަކާ ހެދި ވަގަށް ތެލުގެ ވިޔަފާރިކުރުމަށް ރަޝިޔާއިން ބޭނުންކުރާ ހިޔަނި ފްލީޓްގެ ބޯޓެއްކަމަށް ބެލެވެއެވެ.
މި ހާދިސާއާ ގުޅިގެން ފިންލެންޑަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލުން ވަނީ ބުނެފައެވެ. އަދި ނޭޓޯއިންވެސް މި ހާދިސާގެ ކަންކަން ވަރަށް ކައިރިން ބަލަމުން އަންނަކަމަށް އެޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް މާކް ރުޓް ވަނީ ވިދާޅުވެފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި