ޗައިނާއިން ޓައިވާނަށް ހަމަލާދީފި ހާލަތެއްގައި އަސްކަރިއްޔާގެ އިތުރުން ސަރުކާރާއި އާއްމުން ކުއްލި ހާލަތުގައި އަމަލުކުރާ ގޮތުގެ ތަމްރީނު ހެދުމަށް ޓޭބަލްޓޮޕް އެކްސަސައިޒެއް ޓައިވާނުން ކުރިއަށްގެންގޮސްފިއެވެ.
ޓައިވާނުގެ ރައީސްގެ އޮފީހުގައި ނައިބު ރައީސް ސިއާއޯ ބިކިމް އާއި ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޖޯސެފް ވޫ ގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ މި ތަމްރީނުތައް ތިން ގަޑިއިރަށް ދިގުދެމިގެންދިޔަ ކަމަށް ރޮއިޓަރސްއިން ބުނެއެވެ.
މި ތަމްރީނުގައި ޓައިވާނުގެ ސަރުކާރުގެ އެކި އިދާރާތަކާއި އާއްމުންގެ އެކި ފަރާތްތަކުން ބައިވެރިވިއެވެ. ޗައިނާއިން އަތުވެދާނެ ހަމަލާއަކަށް އަސްކަރީގޮތުން ދޭ އިޖާބައެއްގެ އިތުރުން މުޅި ޓައިވާން އެކީ އެކައްޗަކަށް އެހަމަލާއަކަށް ތައްޔާރުވުމަށް ޓައިވާނުން ގެންދަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އަންނަ އަހަރު، ބައި ލައްކަ މީހުންނަށް ކުއްލި ހާލަތުގައި ދޭނެ އަވަސްފަރުވާ އާއި ކަމާ ގުޅުން ހުރި އެހެނިހެން ތަމްރީނު ދޭނެކަމަށް ޓައިވާނުން ވަނީ ބުނެފައެވެ. މީގެ އިތުރުން ސީދާ ހަމަލާތަކަށް އަސްކަރިއްޔާގެ ފޯކަސް ބެހެއްޓުމަށްޓަކައި، އެހެނިހެން ދާއިރާތަކުގެ މީހުން އެކި ކަންކަމަށް ތައްޔާރުކުރުމަށް ގިނަ މަސައްކަތްތަކެއް ޓައިވާނުން ދަނީ ކުރަމުންނެވެ.
ހާލަތުގައި އަމަލުކުރާ ގޮތުގެ ޓޭބަލްޓޮޕް އެކްސަސައިޒެއް ފުރަތަމަ ފަހަރަށް ޓައިވާނުން ބާއްވާފައި މި ވަނީ ޗައިނާއިން ވެސް ޓައިވާނުގެ ވަށައިގެންވާ ސަރަހައްދުތަކުގައި އަސްކަރީ ތަމްރީނުތައް އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ