ޑްރޯން ބޭނުން ކޮށްގެން ހޯދި މަސް ބޯޓަކީ ލަންކާގެ މަސް ބޯޓެއް ކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މިމަހުގެ 26ވަނަ ދުވަހު އެމްއެންޑީއެފް އިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސް ބޯޓެއް ޑްރޯން ބޭނުން ކޮށްގެން ވަނީ ހޯދައިފައެވެ.
އެމްއެންޑީއެފް އިން ބުނީ އެ ބޯޓު ހިފެހެއްޓީ، ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލެހެއްޓުމަށް ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެމްއެންޑީއެފް އިން ބުނީ އެ އުޅަނދުގައި ތިބީ ތިން މީހުން ކަމަށެވެ. އަދި ބުނީ، އެ ބޯޓު މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ