ކުރީގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ)އާ ގުޅޭ ގޮތުން ބަލަމުން އަންނަ ހިޔާނާތުގެ މައްސަލައެއްގައި ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ވަދެ ގެންދިޔަ ބައެއް ތަކެތި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައުރު ކުރަމުން ގެންދާ ފޮޓޯތަކުގެ ހަގީގަތް ފުލުހުން ހާމަކޮށްފިއެވެ.
ސަރުކާރު ހިންގާ ޕީއެންސީ އަށް ނިސްބަތްވާ ބައެއް އެކްޓިވިސްޓުންނާއި އެމްޑީޕީއާ އިދިކޮޅު ހިޔާލުގެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި މިއަދު އަންނަނީ އަގުބޮޑެތި ބްރޭންޑުތަކުގެ ދަބަހާއި އަތުކުރި ގަޑި ފަދަ ތަކެތީގެ ފޮޓޯތަކެއް ދައުރު ކުރަމުންނެވެ. އަދި ރަނުން ހަދާފައިވާ ބައެއް ތަކެތި ވެސް އަންނަނީ ދައުރު ކުރަމުންނެވެ.
އެ ތަކެއްޗަކީ ފުލުހުން މޫކޭގެ ގެއަށް ކޯޓު އަމުރަކާއެކު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަދެ ގެންދިޔަ ބައެއް ތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެހި ކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
އެކަމަކު ފުލުހުން ބުނީ އެއީ މޫކޭގެ ގެއިން ފުލުހުން ގެންދިޔަ ތަކެއްޗާއި އެއްވެސް ގުޅުމެއް ހުރި ތަކެއްޗެއް ނޫން ކަމަށެވެ.
އާރްޑީސީގެ ހިޔާނާތުގެ މައްސަލައެއް ކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރުގެ ގެއަށްވެސް ފުލުހުން ވަނެވެ. އަދި މިހާރު މޫކޭއާ ޔާސިރުގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
އެހެން މީހުންނާ މެދު ވެސް ޚާއްސަކޮށް ރައީސްއާ އިސް މަގާންތަކުގެ މީހުނާމެދުވެސް ދައުރުވާތަކެތި އެއީ ދޮގުކަމަށް ބުނަންވީ ނޫންތޯ؟ހަމައެކަނި އެމްޑީޕީ މީހަކަށް ކަމެއް ވީމަތޯ ދޮގުކޮށްފަ ބަޔާން ނެރެން ޖެހެނީ
ހަކަތަ