ޗައިނާގެ ބައެއް މީހުން ފޭކު ޑޮކިއުމެންޓް ހުށަހަޅައިގެން ޓައިވާނަށް ވަންނަ މައްސަލަ ފާހަގަކުރެވިފައިވާ ކަމަށާއި، އެކަން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ޓައިވާނުން ބުނެފިއެވެ.
ޓައިވާނުގެ ނޭޝަނަލް އިމިގްރޭޝަން އެޖެންސީއިން ބުނީ ސައްހަ ނޫން ލިޔެކިޔުން ހުށަހަޅައިގެން ޗައިނާގެ 124 މީހަކު ޓައިވާނަށް ވަންނަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޗައިނާގެ ބައެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ޓައިވާނަށް އެތެރެވުމަށް ފޭކު ޑޮކިއުމަންޓްތައް ހަދާނެގޮތުގެ މައުލޫމާތު ވެސް ބައެއް މީހުން ހިއްސާކުރަމުންދާއިރު، މިއީ ޓައިވާނުން ކަންބޮޑުވާ މައްސަލައެކެވެ.
އެޖެންޓުން މެދުވެރިކޮށް ވިސާއަށް އެދޭއިރު، އެޖެންސީތަކަށް މިފަދަ ޑޮކިއުމަންޓް ހުށަހެޅުމުން އެމީހުންނަށް ބައެއް ފަހަރު އެއީ އަސްލު އެއްޗެއް ނޫންކަން ނޭނގެއެވެ. ޓައިވާނުން ބުނީ ޗައިނާ ރައްޔިތުން ފަތުރުވެރިކަމުގެ ބޭނުމަށް ޓައިވާނަށް އެތެރެވުމާއި ބެހޭ ގާނޫނުގެ ދަށުން، އޮޅުވާލައިގެން ޑޮކިއުމަންޓް ހުށަހަޅާ ފަރާތްތަކާއި، މުހިއްމު މައުލޫމާތުތައް ސިއްރުކުރާ ފަރާތްތަކަށް އެންޓްރީ ވިސާ ނުދިނުމާއި، އެންޓްރީ ވިސާ ދިނުމަށްފަހު އެގްޒިޓް ވިސާ ނުދިނުމުގެ ބާރު ޓައިވާނަށް އޮންނާނެ ކަމަށެވެ.
ޗައިނާއާއި ޓައިވާނުގެ މައްސަކަ ފަހުގެ ތާރީޚެއްގައި ގޯސްނުވާހާ މިންވަރަށް މިހާރު ގޯސްވެފައިވާއިރު، ޗައިނާއިން ޓައިވާނުގައި ހަމަނުޖެހުމެއް ނުވަތަ އެފަދަ ކަމެއް ކުރަން އުޅެފާނުގެކަމުގެ ބިރުވެސް އެބައޮތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ