އިއްޔެ އަކީ ވެލާލާ އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން އައި ކަމަށް ރިކޯޑު ކުރެވުނު ދުވަސް ކަމަށް އެ އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެ އެކަނި ވެސް ރާއްޖެ އަށް 10،297 މީހުން އައިސްފައިވާ ކަމަށެވެ. އަދި އެއީ ތިންވަނަ އަށް އެންމެ ގިނަ އެރައިވަލްސް މަތިވި ފަހަރު ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަ އެރައިވަލްސް މަތިވެފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހުއެވެ. އެ ދުވަހު 11،207 އެރައިވަލްސް ރިކޯޑް ކޮށްފައިވެއެވެ. ދެވަނަ އަށް ވެސް އެންމެ މަތިވީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ. އެއީ އެމަހުގެ 11ވަނަ ދުވަހުއެވެ. އެދުވަހު އެރައިވަލްސް ހުރީ 10،775ގައެވެ.
އާއްމު ގޮތެއްގައިވެސް އެހެން އަހަރުތަކުގެ ފެބްރުއަރީ މަސްތަކަކީ އެރައިވަލްސް މަތިވާ މަސްތަކެވެ.
ފަތުރުވެރިކަމުގެ ޕީކް ސީޒަން ދިމާވެފައި މިވަނީ ސްކޫލު ބަންދުވެސް ދުވަސްވަރަކާއެވެ. އެހެންކަމުން ރާއްޖެ އިން ބޭރަށްދާ ދިވެހިންނާއި ބޭރު ގައުމުތަކަށް އެކިއެކި ބޭނުންތަކަށް ގޮސް ތިބި ދިވެހިން އަންނަ މިންވަރާއި އުމްރާގެ އަޅުކަމަށް ފުރާ މީހުންވެސް މި ދުވަސްވަރު އުޅެއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި