މިފްކޯގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް އެ މަގާމުން ވަކި ކުރައްވައި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަންގެ މަގާމަށް އައްޔަން ކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން ބުނީ މިފްކޯގެ ޗެއާޕާސަން ކަމުން ޝަރީފް ވަކިކޮށްފައިވާ ކަމަށެވެ. އަދި މިހާރު އޭނާ އެމްފޯމްޕީސީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަން ކުރައްވާފައިވާ ކަމަށެވެ.
އެމްފޯމްޕީސީ އަކީ ރާއްޖޭން ބާނާ މަސް، ރާއްޖޭން ބޭރުގެ ބާޒާރުތަކަށް ނެރުމަށް މާކެޓު ކުރުމަށް އުފައްދާފައިވާ ކުންފުންޏެކެވެ.
ދިވެހި ސަރުކާރުގެ 100 ޕަސެންޓު ހިއްސާ އޮންނަ އެކުންފުނި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވީމިދިޔަ ފެބްރުއަރީ 4ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ