ވަގު ލިޔެކިޔުންތަކެއް ހުށަހަޅައިގެން، ހުޅުމާލެ ދެ ވަނަ ފިޔަވަހިން ހިލޭ ގޯތި ހޯދަން އުޅުނު މައްސަލައާ ގުޅިގެން، ފުލުހުން ކުރަމުން ގެންދާ ތަހުގީގަށް 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައި އޮތުމަށްފަހު، އޭގެތެރެއިން ބައެއް މީހުންގެ ޕާސްޕޯޓު ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން މިމަހުގެ 25ވަނަ ދުވަހު ފުލުހުން ވަނީ 20 މީހެއްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އޭގެތެރޭގައި އެޗްޑީސީގެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދާއި އެމްޑަބްލިއުއެސްސީގެ ޑީއެމްޑީ އަދި ފަޒުލް ރަޝީދުގެ ބޭބެ ފަޒީލް ރަޝީދުއެވެ.
ފުލުހުން މިއަދު ބުނީ 9 މީހެއްގެ ޕާސްޕޯޓު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެމީހުންގެ ޕާސްޕޯޓު ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފާ މަޝްވަރާކޮށް، އޭނާގެ ލަފާގެ މަތިން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ހިންގަމުންނެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިޔަށް ގެންދިޔަ "ބިންވެރިޔާ ސްކީމާ" ގުޅޭ، ވަގު ލިޔުންތަކެއް ހުށަހެޅި މީހަކަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ގޯއްޗެއް ހޯދައި އެ ގޯތީގައި ވަށާފާރު ރޭނުމަށް އެޗްޑީސީން ހުއްދަ ދީފައިވާ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން ގެންދާ ތަހުގީގަށް މައުލޫމާތު ހިއްސާ ކުރުމަށް ގާއިމް ކުރި ޕޯޓަލްއިން މިހާތަނަށް 16 މީހަކު މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ