އަވައްޓެރި އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން ކަމަށާއި އެގައުމަކީ އެހެން ގައުމުތަކުގައި އޮންނަ ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރާނެ ގައުމެއް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ، "ވޮޝިންޓަން ޕޯސްޓް"ގައި އޮތް ރިޕޯޓަކާއި ގުޅިގެންނެވެ. އެ ރިޕޯޓުގައި އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓެއް ޝާއިއުކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އެ މަސައްކަތް ފަށާފައި ވަނީ އިންޑިއާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އެކަން ކުރަން އުޅުނީ ޕީއެންސީގެ މެންބަރުންތަކަކަށް ފައިސާ ދީގެން ކަމަށް ބުނެފައިވެއެވެ.
މީގެއިތުރުން ރައީސް މުއިއްޒުގެ ވެރިކަން ވައްޓާލުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ނިސްބަތްވާ 10 އޮފިސަރަކު ވެސް އެހީތެރިވިކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އެ މަސައްކަތަށް ހަ މިލިއަން ޑޮލަރު ހިމެނުމަށްފަހު އެ ފައިސާ ވެސް އިންޑިއާ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފައިއެވެ. ނަމަވެސް މިރޭ އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާ އިން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިންޑިއާ އިން އަބަދުވެސް މަސައްކަތް ކުރަނީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއެރުވުމަށް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ