ސީރިޔާގެ ހުރިހާ ސަރަހައްދަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކެއްގެ ގޮތުގައި ދިވެހި ސަރުކާރުން ކަނޑައަޅައިފިއެވެ.
ޓެރަރިސްޓް ޖަމާއަތްތަކާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާއި ސަރަހައްދުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންމެ ފަހުން އާއްމު ކޮށްފައި ވަނީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން ޓެރަރިސްޓު ޖަމާއަތްތަކުގެ ދަފްތަރެއް އެކުލަވާލާ, އަދި ދިވެހިން ދަތުރުކުރުން މަނާ ހަނގުރާމަވެރި ސަރަހައްދުތައް ރައީސް ކަނޑައަޅުއްވަން ޖެހެއެވެ. އަދި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފައާއި އެކު ކޮންމެ އަހަރަކު އެއް ފަހަރު އެ ލިސްޓު މުރާޖައާކޮށް އާންމުކުރަން ގާނޫނު ލާޒިމްކުރެއެވެ.
ޓެރަރިސްޓް ޖަމާއަތްތައް ކަމަށް ކަނޑައެޅި ލިސްޓް:
- އިސްލާމިކް ސްޓޭޓް
- އަލް ގައިދާ
- ޖަބްހަތުއް ނުސްރާ (ޖަބްހަތުއް ފަތަހް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ތައިބާ
- އަލް ގައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
- އަލް ގައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުޙައްމަދު
- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
- ނޭޝަނަލް ތައުޙީދް ޖަމާޢަތް
- ޖަމާޢަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
- ހައިއަތު ތަހްރީރު އަލް ޝާމް
- ހުއްރާސް އައް ދީން
- ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ)
މީގެއިތުރުން ސަރުކާރުން އާއްމު ކޮށްފައިވާ ލިސްޓުގައި ސީރިޔާގެ ހުރިހާ ސަރަހައްދަކީ ވެސް ހަނގުރާމަވެރި ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ.
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް