ރާއްޖެ އާއި ޗައިނާ ދެމެދު ހަދާއިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފިއެވެ.
މި އެއްބަސްވުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޗައިނާއަސް ކުރެއްވި ދަތުރުފުޅުގައި ސޮއި ކުރެއްވި އެއްބަސްވުމެކެވެ. މި އެއްބަސްވުމަށް މަޖިލީހުން ރުހުން ދިނީ 2017 ވަނަ އަހަރުއެވެ.
މަޖިލީހުން ރުހުން ދިންތާ ހަތް އަހަރު ފަހުން، އަން ބުދަ ދުވަހުން ފެށިގެން އެ އެއްބަސްވުމަށް އަމަލު ކުރަން މިއަދު ވަނީ ތައްޔާރުވެފައެވެ.
ރާއްޖެ-ޗައިނާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް އަމަލު ކުރަން ފެށުމުގެ ގޮތުން އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައިދާއި ޗައިނާގެ ކޮމާސް މިނިސްޓަރު ވަންގު ވެންޓާއޯ އެކު އޮންލައިންކޮށް، ރަސްމިއްޔާތެއް މިއަދު ބޭއްވިއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމުން ވަގުތުން، ފޮނުވި އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ އެއްބަސްވުމަށް އަމަލު ކުރުމަށް ވާންޖެހޭ ތައްޔާރީތައްވެ، ނިމިފައިވާ ކަމަށެވެ. އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ވާނެ ފައިދާތަކުގެ ތެރޭގައި މަސްވެރިން ބާނާ މަސް، ޑިއުޓީއަކާ ނުލައި ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ޗައިނާގެ އިލެކްޓްރޯނިކް ސާމާނާއި ފަރުނީޗަރު ފަސޭހައިން ރާއްޖެއަށް އެތެރެ ކުރެވިގެންދާނެ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި
މާލޭ ޓެކްސީ ލައިންގެ ހިދުމަތް އިފުތިތާހުކޮށްފި
މިއީ ގައުމީ ވިސްނުމުގައި ގައުމީ މަސައްކަތް ކުރާ ޕާޓީއެއް: ރައީސް