ދެހާސް ފަންސަވީސް ވަނަ އަހަރަށް، މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ޝޯއެއް މިރޭ ހުޅުމާލޭގައި ބާއްވައިފިއެވެ.
އެގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި މިރޭ ވަނީ، މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލެއް ފަށައިފައެވެ. މި ފެސްޓިވަލުގައި ޑްރޯން ޝޯ އަކާއެކު ހަވާ އަރުވައިފައެވެ.
މި ފުޑް ފެސްޓިވަލުގައި ބޮޑުބެރާއި ސަގާފީ ނެށުންތައް ވަނީ ގެނެސްދީފައެވެ. މި ފުޑް ފެސްޓިވަލު މާދަމާ ހަވީރު ވެސް ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިރޭގެ ޝޯ ބަލާލުމަށް ހުޅުމާލެ ސެންޓްރަލް ޕާކަށް ގިނަ އަދަދެއްގެ އާއްމުން ވަނީ ސެންޓްރަލް ޕާކު ސަރަހައްދަށް ޖަމާވެފައެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ