މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ އެއްފަހަރާ ދައްކަން ދަތިވާ ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެ ފައިސާ އެއް މަސް ތެރޭގައި ދައްކަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރި ހަތް ދައުވާއެއް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމަކާ އެކު، ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ހުކުމެއް ކްރިމިނަލް ކޯޓުން ކުރިން އިއްވި އެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ އަދިވެސް ނުދައްކާ އެބައޮތެވެ.
އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުން ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ އެ ފައިސާ އެއްފަހަރާ ދައްކަން އުނދަގޫ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށާއި އަދި ފައިސާ ދައްކަން ބޭނުންވާ ގޮތެއް ލިޔުމުން ހުށަހަޅާނެ ކަމަށް އަދީބުގެ ފަރާތުން ބުނެފައިވާ ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް އެއް މަސް ދުވަހަށް ވުރެ ދިގު މުއްދަތެއް އަދީބަށް ދިނުމަށް ދައުލަތުން އިންކާރު ކޮށްފައިވާ ކަމަށް ހުކުމުގައިވެ އެވެ.
އެހެންކަމުން އެއް މިލިއަން ރުފިޔާ އެއް މަސް ތެރޭގައި ދައުލަތަށް ދައްކަން އަންގާ ކަމަށް އެ ހުކުމުގައިވެ އެވެ.
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމުގެ މުއްދަތު ކުރުކޮށް, އޭނާ މިނިވަންކޮށްފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ