ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފަސް އަހަރު ނިންމާލައްވާނީ ދިވެހިން އެދޭ ފަދަ "ދިވެހީންގެ ރާއްޖެ"އެއް ބިނާ ކޮށްދެއްވުމަށް ފަހު ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ހުރިހާ ކަމެއް ރަނުން ރަނަށް ނުކުރެވިދާނެ ކަމަށާއި އެކަމަކު އޭގެ ބޮޑު ބައި އެމަނިކުފާނު ހާސިލް ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ މައްސަލަތަކުގައި ކުރަންޖެހޭ އެންމެ މުހިއްމު ކަމަކީ ގާނޫނު ތަންފީޒު ކުރުން ކަމަށެވެ. ގާނޫނުގައި ހުންނަ ކަންކަން ހައްލު ކުރުމަށް އުނދަގޫ ކަމެއް ހުރި ނަމަ، އެކަން ހައްލު ކުރުމުގެ ޒިންމާ އޮތީ ރައްޔިތުން މަޖިލީހުގައި ކަމަށާއި އެކަން ކޮށްދޭން ސަރުކާރު މެންބަރުންތައް ހުންނެވީ ތައްޔާރަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ދާދިފަހުން އެޗްޑީސީގެ ތެރޭގައި ހިނގި ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދު އެމަގާމަށް އައްޔަންކުރެއްވީ މިނިސްޓަރު ފެންވަރުގައި ކަމަށެވެ.
"ކަން ކުރި މީހާއަކަށް ނޫން ބަލަންވީ، ކުރި ކަމަށް ބަލަންވީ. އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަހަރު ވާ ގޮތެއް މިއީ ކަން ކުރި މީހާ އަށް ބަލައިގެން ކަންކަން ބަލަން އުޅުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އެޗްޑީސީގެ ކޮޮރަޕްޝަންގެ މައްސަލަ ފަޅާ އެރުމުން އެކަން ތަހުގީގު ކުރުމަށް ފުލުހުންނަށް ރައީސް މުއިއްޒު އެންގެވިއެވެ. އަދި އެކަމުގެ އަވަސް ތަހުގީގެއް ހިންގުމަށް އޭސީސީއާ ފުލުހުންނަށް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ވެސް ވަނީ އަންގަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ