ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. ހަލީލު ރޭގެ ވަގުތެއްގައި، އިންޑިއާ އަށް ވަޑައިގެންފިއެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުން ދެ ދުވަހުގެ މުއްދަތަށް ހަލީލު އިންޑިއާ އަށް ކުރައްވާ ދަތުރުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ހަލީލް އިންޑިއާ އަށް ވަޑައިގެންފައި މިވަނީ، މިވަނީ، "ވޮޝިންޓަން ޕޯސްޓް"ގައި ރާއްޖެ-އިންޑިއާ އާއި ގުޅޭ ގޮތުން ރިޕޯޓެއް ނެރެފައިވާ ދަނޑިވަޅެއްގައެވެ.
އެ ރިޕޯޓުގައި އިންޑިއާގެ ރޯ އެޖެންޓުންގެ އެހީތެރިކަމާ އެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ރިޕޯޓެއް ޝާއިއުކޮށްފައިވެއެވެ.
އެ ރިޕޯޓުގައި އެ މަސައްކަތް ފަށާފައި ވަނީ އިންޑިއާ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރާ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އެކަން ކުރަން އުޅުނީ ޕީއެންސީގެ މެންބަރުންތަކަކަށް ފައިސާ ދީގެން ކަމަށް ބުނެފައިވެއެވެ.
އެ މަސައްކަތަށް ހަ މިލިއަން ޑޮލަރު ހިމެނުމަށްފަހު އެ ފައިސާ ވެސް އިންޑިއާ މެދުވެރިކޮށް ހޯދުމަށް މަސައްކަތް ކުރި ކަމަށް ބުނެފައިއެވެ. ނަމަވެސް މިރޭ އެކްސްގައި ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އިންޑިއާ އިން އެފަދަ ކަމެއް ނުކުރާނެ ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ