ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި ވާތީ، މަގުތައް އާއްމު ހާލަތަކަށް އަންނަން ދެން ބަރު އުޅަނދުތައް މަގުތަކުގައި ނުދުއްވުމަށް ފުލުހުން އެދިއްޖެއެވެ.
ފުލުހުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަނުމުގެ ހާދިސާތައް ހިނގަމުން އަންނަ ކަމަށެވެ. އެހެންކަމުން މަގުތަކުން ފެން ހިނދި އާއްމު ހާލަތަކަށް މަގުތައް އަންނަން ދެން، ބަރު އުޅަނދުތައް މާލޭގެ މަގުތަކުގައި ނުދުއްވުމަށާއި ހަތަރު ފުރޮޅުލީ އުޅަނދުތައް ޒަރޫރީ ބޭނުމެއްގައި ނޫން ގޮތަކަށް ނުދުއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ބޯ ވިއްސާރާގައި މާލެ އަށް ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ވާރޭ ވެހެމުން އަންނަނީ ރިކޯޑު މިންވަރަކަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދަށް 140 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ފަސް ވަރަކަށް ގަޑިއިރު ވެސް މިވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ