މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މިރޭގެ ކުރިޔަށް އޮތް ވަގުތުތަކުގައި ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
އެގޮތުން މެޓުން ވަނީ 13 އަތޮޅަކަށް ޔެލޯ އެލާޓު ނެރެފައެވެ. އެއީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކާއި ދެމެދެވެ. އެލާޓު ނެރެފައި ވަނީ މިރޭގެ 23:00 އިން ފަތިހު 4:00 އާއި ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިހާރު ކުރަމުން އަންނަ ބޯ ވިއްސާރާގައި މާލެ އަށް ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.
"ޕީއެސްއެމް ނިއުސް" އަށް ދެއްވި އިންޓަވިއުއެއްގައި މޫސުމާ ބެހޭ ގައުމީ އިދާރާގެ އޮފިޝަލަކު ވިދާޅުވީ ވާރޭ ވެހެމުން އަންނަނީ ރިކޯޑު މިންވަރަކަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދަށް 140 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުރިޔަށް އޮތް ފަސް ވަރަކަށް ގަޑިއިރު ވެސް މިވަރަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ